މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުން ވަކިކުރި ހުސެއިން ފަހުމީ، މިއަދު އައްޔަނު ކޮށްފި އެވެ.
ފަހުމީ މި މަގާމަށް އައްޔަނު ކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުންނެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަހުމީ ސްޓެލްކޯގެ އެމްޑީކަމުން ވަކިކޮށް ރައީސް އޮފީހުން މިނިސްޓަރު ފެންވަރުގެ މަގާމެއް ރައީސް މުހައްމަދު މުއިއްޒު ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.
ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއަށްފަހު ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެކި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަންނަނީ އިސްތިއުފާދެއްވަމުންނެވެ.
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވަކިކޮށްފި