އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިބްރާހިމް ޝާހިދު ވަކިކޮށްފި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކުރުމަށް ނިންމީ ރޭ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގަ އެވެ. ދައުލަތުގެ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ. ޝާހިދު މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ކައުންސިލް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާއެކު އިއްޔެއިން ފެށިގެން އަންނަނީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަމުންނެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ އާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާންގެ އިތުރުން އެޗްޑީސީގެ ޑީއެމްޑީ މުހައްމަދު އަސްބާހު ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އާއި، އަސްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ނަޝީދަށް ފުރުސަތު ނުދިނުމުން ސަޕޯޓަރުން ނުރުހުންފާޅުކޮށްފި
ސްޕޯޓްސް މިނިސްޓްރީގައި ސިޔާސީ މުވައްޒަފުންގެ އަދަދު 300 ގާތްކުރޭ
މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފި ނަމަ ގޯސްވާނެ: އާޒިމް
