ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޕަރިނީތީ ޗޯޕްރާގެ އަމިއްލަ ޓޯކް ޝޯއެއް ރިލީޒް ކުރަން ނިންމައި އެ ޝޯގެ ފުރަތަމަ ޓީޒާ އާއްމު ކޮށްފި އެވެ.
"މޯމް ޓޯކްސް"ގެ ނަމުގައި ފަށާ އެ ޓޯކް ޝޯގެ ފުރަތަމަ ޓީޒާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ޕަރިނީތީ ބުނީ އެ ޝޯއަކީ ދަރިން ބެލުމާ ބެހޭ އެކި ކަންކަން ގެނެސްދޭނެ ޝޯއެއް ކަމަށެވެ.
އެ ޝޯގެ ޓީޒާ އާއްމު ކުރުމާއެކު ޕަރިނީތީގެ ފިރިމީހާ ރާގަވް ޗައްދާ ވެސް ވަނީ އޭނާއަށް ތަހުނިޔާ ކިޔައި އެ ޕޯސްޓަށް ކޮމެންޓެއް ކޮށްފަ އެވެ.
"މަރުހަބާ! ތިޔަ މަސައްކަތާމެދު ފަހުރުވެރިވަން. އަބަދުވެސް ފަހަތުގައި ހުންނާނަން" ރާގަވްގެ ކޮމެންޓްގައި އޭނާ ބުނެފައިވެ އެވެ.
ރާގަވްގެ ތަހުނިޔާ ޕަރިނީތީއަށް ލިބިފައިވާއިރު މިފަހަކަށް އައިސް ހަބަރުތަކުގެ ފަލަ ސުރުހީތަކުން ރާގަވް ޖާގަ ހޯދާފައިވަނީ އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ލީޑާޝިފުން އޭނާ ވަކި ކުރުމުންނެވެ.
2023 ވަނަ އަހަރު ކުޑަ ހަފްލާއެއްގައި ކައިވެނިކުރި ރާގަވްއާއި ޕަރިނީތީއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ނީރް ލިބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ގައުުމުގެ ކަންކަން ރަނގަޅު ކުރަން މިހާރު އުނދަގޫވާނެ: ޣަފޫރު
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެކަން އެނގޭތަ؟
ބިންހެލުމެއްގައި ކަޕޫރު އާއިލާގެ އާސާރީ ގެއަށް ގެއްލުންތަކެއް!