ހުޅުމާލޭގެ ފޭސް 3 ގައި ކުރިން ބޭނުންކުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔާ ފައިޓަރުން ނިއްވާލައިފި އެވެ.

މިގޮތުން، ފަޔާފައިޓަރުން ކުރި މަސައްކަތުން އެ އެކޮމަޑޭޝަންގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހަވީރު 17:38 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެކޮމަޑޭޝަން ބްލޮކްގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:12 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ.