ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ދުވަސް ކަމަށްވާ އަންނަ ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެ ދުވަހުގެ ހެނދުނު 6 އިން ފެށިގެން ރޭގަނޑު 11އާ ހަމައަށް މާލެ ސަރަހައްދުގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުތަކާ ގުޅިގެން މަގުމަތީގެ އަމާންކަން ދަމަހައްޓާ ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމަށް ކަމަށެވެ.
ވޯޓު ލާ ދުވަހު މާލެ ސަރަހައްދުގައި ދުއްވުން މަނާކުރަނީ ބަރު އުޅަނދުތަކުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ކެޓަގަރީތަކުގެ އުޅަނދުތައް މާލެ ސަރަހައްދުގައި އެ ދުވަހު ދުއްވުން މަނާވާނެ އެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް މި ނިންމުމުން އިސްތިސްނާވާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މި ނިންމުމާ ހިލާފުވާ ނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޯޓްރޭޑްމާކް މައްސަލައެއްގައި ޓޭލާއަށް ދައުވާ ކުރަނީ!
ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ
