އިންތިހާބުތަކުގައި ވޯޓުލާ މީހާގެ ސިއްރުކަން ގެއްލިދާނެ ފަދަ ގޮތަކަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޝްވަރާ ކުރަމުންދާ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން އެ ކޮމިޝަނުން މިހާރު ދަނީ އާ އުސޫލުތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އީސީން މަސައްކަތް ކުރަނީ ވޯޓުލާން އަންނަ މީހާ ކުރެން އޭނާ ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށް ކަމަށާއި އަދި އެއަށްފަހު، ތިން އިންތިހާބެއްގެ ތިން ވޯޓު ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުންވާ ކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދޫކުރުމަށް ކަމަށެވެ.
"ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ގަސްތުކުރަނީ ވޯޓުލާން އަންނަ މީހާ ކުރެން އޭނާ ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށް އަދި އެއަށްފަހު، ތިން އިންތިޚާބެއްގެ ތިން ވޯޓު ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުންވާ ކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދޫކުރުމަށް،" ސުއޫދު ލިޔުއްވާފައިވެ އެވެ.
މި ބަދަލާއެކު، އެއްފަހަރާ ވޯޓު ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު ވޯޓުލާ މީހާގެ އަތަށް ދިނުމަށް އީސީން ބޭނުން ނުވާކަން ސުއޫދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއީ ވޯޓުލާ މީހާގެ މިނިވަންކަމާއި ވޯޓުގެ ސިއްރުކަމަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އާންމު އުސޫލުން ބަލާއިރު، ވޯޓުލާން ދާ މީހާއަށް ހުރިހާ ކަރުދާސްކޮޅެއް ދިނުމަކީ އޭނާގެ ހައްގެކެވެ. އަދި އެ ކަރުދާސްތަކަށް ވޯޓުލުމާއި ނުލުމަކީ ވޯޓުލާ މީހާގެ އަމިއްލަ އިޚްތިޔާރުގައި އޮންނަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެން ނަމަވެސް، އީސީން މިހާރު މަޝްވަރާ ކުރަމުންދާ ގޮތަށް އަމަލުކޮށްފިނަމަ، ވޯޓުލާ މީހާގެ ނިންމުން އޮފިޝަލުންނަށް އެނގިގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ މި ތުހުމަތުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިފަދަ ނިންމުމެއް ނިންމައިފިނަމަ، އެއީ އިންތިހާބުތަކުގެ ދެފުށް ފެންނަ މިންވަރާއި ސިއްރުކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ސިޔާސީ ފަރާތްތަކުން ބުނެ އެވެ.
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
ކާށި ތެލުން ފައިދާ ލިބެނީ ހަމައެކަނި އިސްތަށިގަނޑަކަށް ނޫން!