އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހީމް ޔާސިރު އަހުމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ޢަދީލް ނަސީރު ހަމަޖައްސައިފި އެވެ.
ޔާސިރު ވަކިކޮށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ކަމަށް އަދީލް އައްޔަންކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ޔާސިރު ވަކިކޮށް، އަދީލް އައްޔަންކުރި ތާރީޚެއް ނޭނގެ އެވެ.
އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުކަން ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލްގައި ކުރެއްވި ޔާސިރަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯކަން ދިނީ މާޗު 17، 2024ގަ އެވެ.
ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދީލް ވަނީ މީގެ ކުރިން ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.
ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމަށް ފަހު ޢަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވައިފަ އެވެ. އަދި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ވެސް ޑރ. އަދީލް ހަމަޖެއްސި އެވެ.
މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ އަދީލް ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާފަ އެވެ. ނަމަވެސް ވަކި ހިސާބަކުން ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން އަދީލް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ސްކޮލާޝިޕްގައި ރާއްޖޭގައި ކިޔަވާނަމަ 6،000ރ ގެ އެލަވަންސެއް
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި