އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށް ގެންދާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފި އެވެ.
އެ ކޮމިޝަނުން ބުނީ، އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމް ކުރަން ނިންމާފައިވާ ކަަމަށެވެ. އެ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ފޮނުވަން ފަށާފައިވާއިރު، ހއ، ރ، ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ މަރުކަޒުތަކަށް ވައިގެ މަގުން މިއަދު ތަކެތި ފޮނުވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ.
ލޯކަލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ގަސް ނުހެދެނީ ސްޓްރެސް ވާތީ!
ހެކަރުން އެފްބީއައިގެ ޑިރެކްޓަރުގެ އަމިއްލަ އީމެއިލް ހެކްކޮށްފި
