ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲ މިއަދު ނިޔާވެއްޖެ އެވެ.
ޝަކޫރު ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
އޭނާ އަކީ 43 އަހަރާއި ދެ މަސް ދުވަހުގެ މުއްދަތަކަށް ފުލުހުންގެ މުއައްސަސާއަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގައި އުފެއްދި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އޭނާ ނިޔާވިއިރު އަނބިކަނބަލުންނާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވި އެވެ. އެއީ ތިން އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
ބިޑަކާ ނުލައި މަނިޔަފުށި ނުއަގުގައި އާމިރު މަންސޫރަށް ދީފި
ހަށިގަނޑުން ނަގާ އުންތަކާއި ގޮށްތަކަށް ސަމާލުވާންވީ ކޮން އިރަކު؟
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު
