އެމްއެންޑީއެފްގެ ކުންފުނި ސިފްކޯއިން ރޭ އައްޑޫ ހިތަދޫގައި ހަވާ އަރުވަން އިންތިޒާމުކޮށްފައި އޮތް ނަމަވެސް، ހެ ހަރަކާތް ކެންސަލް ކުރީ ސިޔާސީ ނުފޫޒުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި ރޭ ހަވާ އަރުވަން އޮތީ 8:30ގަ އެވެ. އެއީ ހިތަދޫ ސެންޓްރަލް ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވުމުގެ މުނާސަބަތާ ވެސް ގުޅުވައި އަރުވަން ނިންމި ހަވާއެކެވެ.
ކުއްލިގޮތަކަށް ރޭ އެމްއެންޑީއެފް އިން ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވީ ކަމަށް ބުނެ ހަވާއެރުވުން ކެންސަލްވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ދިމާވީ ކޮން ޓެކްނިކަލް މައްސަލައެއް ކަމެއް ބުނެނުދެވެ އެވެ.
އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހިތަދޫ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތު، ފިތުރު އީދު ދުވަހު ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ކަމަށެވެ. އެއީ ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި އީދުގެ އުފާ ފާޅުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، އެ ހަރަކާތް ދުރާލާ ރާވައި، ހަވާ އެރުވުމަށް ނިންމައި ހަވާ އެރުވުމުގެ މަސައްކަތް ސިފްކޯއާ ހަވާލުކޮށް، އެ މަސައްކަތަށް ކައުންސިލުން މީގެ ދެ މަސް ކުރިން ފައިސާ ދައްކާފައިވާނެ ކަމަށެވެ. އެގޮތުން، އެ ތަނުގައި ހަވާ އެރުވުމަށް ބޭނުންވާ ބަޑިބޭހާއި އެހެނިހެން ސާމާނު ގެންގޮސް ތައްޔާރީތައް ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
"އީމެއިލްގެ ޒަރިއްޔާއިން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހަވާ އެރުވެން ނެތް ކަމަށް ބުނެ، ސިފްކޯއިން އެއްބަސްވުމާ ޚިލާފަށް އެ ތަނުން ތަކެތި ނަގައިގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ލިބިފައިވާ ބޭއިންސާފު އަމުރެއްގެ ދަށުން ކައުންސިލްގެ އަގު ވައްޓާލުމަށް ކަމަށް ކައުންސިލުން ދެކެމެވެ." އެ ބަޔާނުގައިވެއެވެ.
ކައުންސިލުން ވަނީ، އެކަމަކީ އެމްއެންޑީއެފް ފަދަ، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭން ޖެހޭ މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ބުނެފަ އެވެ. އަދި ހަވާ އެރުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ސިފްކޯގެ އެ ބޭއިންސާފު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލުން ބުންޏެވެ.

އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލަ ނުދޭން ގޮވާލައިފި
ޝައްވާލު މަހުގެ ހަ ރޯދަ މުހިއްމުވާ 3 ސަބަބެއް!
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
