ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކަކަށް، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ، އަވަށްޓެރި ލަންކާ އަދި ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި އިގްތިސާދީ ތަރައްގީ އަދި އިންފްރާސްޓްރަކްޗާގެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.
މި ދަތުރަކީ ކަނޑުގެ މުހިންމު މަގުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، މި ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ އެކު، ކަނޑުގެ މުހިންމު މަގުތަކާއި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
"ސްރީ ލަންކާ އަދި ރާއްޖެއާ އެކު އޮތް ދެމެހެއްޓެނިވި ގުޅުމާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ގުޅިފައިވާ ސިޔާސަތު" އެ ގައުމުން ބަލައިގަންނަ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ
ރާއްޖެއަށް ވެސް އީދު ދުވަހަކީ ހުކުރު ދުވަސް
ތިނަދޫގަ ތެލުގެއަގު އިންތިހާއަށް ބޮޑުވެ އާންމުންނަށް ތަކުލީފަކަށް
