އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ޚަތީބު އަވާހަރަކޮށްލާފައިވާކަން އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ކަށަވަރުކޮށްދެއްވައިފި އެވެ.
ޕެޒެޝްކިއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚަތީބާއި އަލީ ލާރީޖާނީ އަދި އަޒީޒް ނަސީރުޒާދެހް ހިމެނޭ ގޮތަށް އިސް ބޭފުޅުންތަކެއް، އެ ބޭފުޅުންގެ ބައެއް އާއިލާ މެންބަރުންނާއި އެކުވެރިންނާ އެކު އަވަހާރަވެފައިވާ ކަމަށެވެ.
ތެހެރާނަށް ރޭގަނޑު ދިން ހަމަލާތަކުގައި ޚަތީބު ޓާގެޓްކޮށް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ޚަތީބު އަވަހާރަކޮށްލުމަކީ އީރާނުގެ ސަލާމަތީ ނިޒާމުގެ އެންމެ އެތެރެއަށް އިޒްރޭލްގެ ޖާސޫސީ އިދާރާތަކަށް ވަދެވިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އަސްކަރީ މާހިރުން ފާހަގަކުރެ އެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީއަކީ އެ ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް މުއައްސަސާ އެވެ.
ރޭގެ ވަގުތެއްގައި އީރާނުގެ ގައުމީ ސަލާމަތީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަންވެސް އީރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަލީ ލަރިޖާނީ އަކީ އިރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އަދި ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް ބޭފުޅެކެވެ.

ގަލޮޅު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި
ރާއްޖެއަށް ވެސް އީދު ދުވަހަކީ ހުކުރު ދުވަސް
ގިނަ ގައުމުތަކުން ޓްރަމްޕްގެ ގޮވާލުމަށް ނޫނެކޭ ބުނެފި