އިރާނުގެ ގައުމީ ސަލާމަތީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފައި ވަނިކޮށް އެކަން އީރާނުން ރަސްމީކޮށް މިރޭ އިއުލާންކޮށްފި އެވެ.
ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަން އީރާނުގެ ރަސްމީ މީޑިއާގެ އިތުރުން ލަރިޖާނީ ރަސްމީ އެކްސް އެކައުންޓުން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ލަރިޖާނީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ތެހެރާންގައި ބޭއްވި ގުދުސް ދުވަހުގެ ހިނގާލުމުގެ ތެރެއިންނެވެ.
އިރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އަދި ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް ބޭފުޅެއް ކަމަށްވާ ލަރިޖާނީ އަވަހާރަކޮށްލާފައި މިވަނީ، އިރާނުގެ އަސްކަރީ އަދި ޖާސޫސީ އިސް ބޭފުޅުންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދޭނެ ކަމަށް އެމެރިކާއިން އިއުލާންކޮށްފައި ވަނިކޮށެވެ.
މި ލިސްޓުގައި އިސްލާމިކް ރިވަލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުންހުރި 10 ބޭފުޅަކު ހިމެނޭއިރު، އޭގެ ތެރޭގައި ލަރިޖާނީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލައިފަ އެވެ.
މީގެ އިތުރުން، އީރާނުގެ ބަސީޖް ޕެރާމިލިޓަރީ ފޯސްގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ ވެސް ވައިގެ ހަމަލާއެއްގައި މިއަދު އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުން މިރޭ ވަނީ އިއުލާންކޮށްފަ އެވެ. ބަސީޖް ފޯސްއަކީ އިރާނުގެ އައިއާރްޖީސީގެ ދަށުން ހިންގާ، އެ ގައުމުގެ ދާހިލީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ލަޝްކަރެކެވެ.

އީރާނުގެ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަަމަށް ބުނެފި
ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި