ރަމަޟާން މަހުގެ 27 ވިލޭރޭ، މާޗް 15 ވަނަ ދުވަހުގެ ރޭ މައްކާގެ މަސްޖިދުލް ޙަރަމް އެއްކޮށް ފުރި، އެރޭ އެކަނި 9 ލައްކައަށްވުރެ ގިނަ މީހުން އުމުރާގެ އަޅުކަން އަދާކުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިސްކިތް ފުރުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އުމްރާ އަދާކުރާ މީހުންނަށް ވަނުމުގެ އިސްކަން ދީފައެވެ. ރޭގައި އެކަނި ވެސް 900،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރޭގެ ނަމާދުގައި އިމާމު ޝައިހް އަބްދުއްރަހްމާން އައް ސުދައިސް ވަނީ ހާއްސަ ދުއާއެއް ކުރައްވާފަ އެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މަސްޖިދުލް ޙަރަމް ފުރެންދެން މީހުން ޖަމާވުމަކީ ކޮންމެ އަހަރަކުވެސް ހިނގާ ކަމެކެވެ. އޭގެ ތެރެއިންވެސް 27 ވިލޭރެއަކީ ތާރީހީ ގޮތުން މުޅި މަހުގައިވެސް އެންމެ ގިނަ ބަޔަކު ޖަމާވާ ރެއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީއަށް ޖުމްލަ 96.6 މިލިއަން މުސްލިމުން ޒިޔާރަތްކޮށްފައިވެ އެވެ. 27 ވިލޭރޭ އެކަނިވެސް 3 މިލިއަނަށްވުރެ ގިނަ މީހުން އެ ބިމަށް ވަނީ ގޮސްފަ އެވެ.

ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ
މޯލްޑިވް ގޭސް އިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކަން ފަށައިފި