އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސިޓީ ދޫކޮށް ދިއުމަށް 24 ގަޑިއިރުގެ ކުއްލި މުހުލަތެއް އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރު ދީފި އެވެ.
މިއީ އީރާނުން އިޒްރޭލަށް ދޭން ތައްޔާރުވަމުންދާ ވަރުގަދަ ހަމަލާއަކާ ގުޅިގެން ދީފައިވާ އިންޒާރެކެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ތެލް އަވީވަށް އަމާޒުކޮށް "އާދަޔާ ހިލާފު ވަރުގަދަ ހަމަލާއެއް" ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ދީފައިވާ 24 ގަޑިއިރުގެ މުހުލަތު ހަމަވުމަށްފަހު، ތެލް އަވީވްއަކީ ރައްކާތެރިކަމެއް ނެތް އަދި އިންސާނުންނަށް ދިރިނޫޅެވޭނެ ފަދަ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.
އީރާނުގެ ކޮމާންޑަރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ހަމައެކަނި ދޭ އިންޒާރެއް ނޫން ކަމަށާއި، މިއީ ހަގީގަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ސާބިތުވެގެންދާނެ ކަމަށާއި، އީރާނުގެ އެންމެ ގަދަފަދަ ކޯފާ އިސްރާއީލަށް އަމާޒުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ބަޔާނުގައި ވަނީ ގާޒާގެ އުތުރުން ދެކުނަށް މީހުން ހުސްކުރުމަށް އިސްރާއީލުން ކުރިން ކުރި އަމުރަށް އިޝާރާތްކޮށްފަ އެވެ. އީރާނުން ބުނެފައިވަނީ ގާޒާގެ ރައްޔިތުން ގެދޮރުން ނެރުނު ފަރާތްތަކުން މިހާރު އެ ތަޖުރިބާ އަމިއްލައަށް ކުރަންޖެހިފައިވާ ކަމަށާއި، މިއީ ކުރި ކަންތަކުގެ ބަދަލު ހިފުން ކަމަށެވެ.

އިންތިހާބާ ދިމާކޮށް އާރުޑީސީއަށް ގިނަ މުވައްޒަފުން ނަގަނީ
އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލާނެ ކަަމަށް ބުނެ އޮޅުވާލަނީ
ރާއްޖެެއަށް ދަތުރުކުރާ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި