ހއ. ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 19:06 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބުޅަލަށް އަނިޔާކޮށް މަރާ މައްސަލަ އަކީ މަދުން ނަމަވެސް ރާއްޖޭގައި ފެންމަތިވަމުން އަންނަ މައްސަލަ އެކެވެ.
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ހޯމް މިނިސްޓަރު ހައްޔަތުކޮށް ތަހުގީގު ކުރަންޖެހޭ: ޒަރިޔަންދު
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި