ހޮލީވުޑްގެ ތަރި ޓޮމް ހޮލޭންޑާއި އޭނާގެ ބައިވެރިޔާ ޒެންޑާޔާއަކީ މިވަގުތު ހޮލީވުޑްގައި ހަރަކާތްތެރިވާ ޖޯޑުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެއް ޖޯޑެވެ.
ދާދި ފަހުން އެ ދެމީހުން އެންގޭޖްވެފައިވާއިރު އެމީހުންގެ ޒާތީ ހަޔާތާ ބެހޭ ކަންކަން ސަޕޯޓަރުން އަބަދުވެސް ބަލަ އެވެ. އެގޮތުން އާއިލާއެއް ފެއްޓުމާ ބެހޭގޮތުން ޓޮމް މީގެ ކުރިން ދައްކާފައިވާ ވާހަކައެއް މިވަނީ ފެންމަތިވެފަ އެވެ.
ޓޮމް ބުނެފައިވަނީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ދަރިން ލިބުމުން އޭނާ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށާއި އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓޭނީ ދަރިން ބޮޑުކުރަން ކަމަށެވެ.
"އަހަންނަށް ދަރިއަކު ލިބުމުން ދެން ތި އެންމެންނަށް އަހަރެން ފިލްމަކުން ނުފެންނާނެ. ދުނިޔޭގައި ދުވަހަކު ދިރިނޫޅޭ މީހެއް ފަދައިން އަހަރެން ގެއްލޭނެ" ޓޮމް ބުނެފައިވެ އެވެ.
އެގޮތުން ދަރިއަކު ލިބުމުން މިހާރު އޭނާގެ ދިރިއުޅުމުގައި އެންމެ އިސްކަންދޭ ކަންތައް ކަމުގައިވާ ލަވަކިޔުން ދަރިފުޅުގެ ކަންކަމަށް ބަދަލުވާނެ ކަމަށް ވެސް ޓޮމް ބުނެފައިވެ އެވެ.
ޓޮމްއާއި ޒެންޑާޔާ އެންގޭޖްވި ފަހުން އެ ދެމީހުންގެ ކައިވެނީގެ އަޑުތައް މީޑިއާގައި ދައުރު ވަމުން އައި ނަމަވެސް ކައިވެނި އޮންނާނެ ވަކި ތާރީހެއް އަދި ޔަގީނެއް ނުވެ އެވެ.

އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
އެންމެ ގިނައިން ކަދުރު އުފައްދާ ގައުމަކީ ކޮބާ؟
އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!