"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ގުނަމުން އަންނައިރު އަހަރުމެން އެންމެންގެ ވެސް އަޒުމަކަށް ވާން ވާނީ މާތްވެގެންވާ ލައިލަތުލް ގަދުރީގެ ހެޔޮ ދަރުމައާއި ޘަވާބު ހޯދުމެވެ.

ސުވާލު: ލައިލަތުލް ޤަދުރިއަކީ އޮނަހިރި ރެއެއްތަ؟

ޖަވާބު: ލައިލަތުލް ގަދުރިއަކީ ހަމައެކަނި އޮނަހިރި ރޭތަކުގައި އަންނަ ރެއެއް ނޫނެވެ. އެހެނީ އެ ރެއަކީ ހިރި ރެއަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

https://youtube.com/shorts/Uh5L0ncVFfQ?si=XVEQf0Qk365aOwcv

ސަބަބަކަށް ވަނީ ފަހި ދިހައިގެ ހިރި ރޭތަކާއި އޮނަހިރި ރޭތައް ޔަގީން ކަމާއެކު ވަކި ކުރަން އަހަރުމެންނަށް ނޭނގޭތީ ކަމަށް ޝެއިހް އައްސިމް އަލް ޙަކީމް ވިދާޅުވި އެވެ.

ކޮންމެއަކަސް އަޅުތަކުންގެ މައްޗަށް އެންމެ ހެޔޮކަން ބޮޑުވެގެން ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއް ބައްދަލު ކުރުމާއެކު ހިރި-އޮނަހިރިއަށް ބެލުމެއް ނެތި އަޅުކަމުގައި ހީީވާގި ވުމެވެ.