ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު ރ. ވާދޫ މީހާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ރޭ 8:40 ހާއިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގުބާލް އެވެ.
ފުލުހުން މިއަދު ބުނީ، އިގުބާލް ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އިގުބާލް ފެނުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އެ އުޅަނދު އައްސައިގެން އޮއްވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ރޭ ބުނެފައިވަނީ އޭނާ ކަނޑުމައްޗަށް ނުކުތީ އިއްޔެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި އޭނާގެ އަތުގައި މޮބައިލް ފޯނެއް ނެތް ކަމަށް ކަމަށް ފުލުހުން ބުންޏެވެ.
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން
މޯލްޑިވް ގޭހުން ވިއްކާ ބޮޑެތި ގޭސް ފުޅިތަކުގެ އަގު ބޮޑުކޮށްފި
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި