ދުނިޔޭގައިވާ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް ހަރަމްއަކީ ކޮންމެ އަހަރަކު ވެސް އެތައް ހާސް މުސްލިމުންނެއް އެ މިސްކިތަކަށް ޒިއާރަތްކުރާ މިސްކިތެކެވެ.
ގާތްގަނޑަކަށް 1،630،000 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީ ކުރެވިފައިވާ މި މިސްކިތުގައި އެއްފަހަރާ އެތައް މިލިއަން ބަޔަކަށް އަޅުކަން ކުރެވެ އެވެ.
އެހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަސްޖިދުލް ހަރަމްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރެވެ އެވެ. އެގޮތުން އެ މިސްކިތުގެ ސައުންޑް އަދި ލައިޓިން ސިސްޓަމްއަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ.
ހަރަމްފުޅުގެ ސައުންޑް ސިސްޓަމަށް ބަލާއިރު ޖުމްލަ 8000 ސައުންޑް ސްޕީކަރް މިސްކިތުގެ އެކި ހިސާބުތަކުގައި ހަރު ކުރެވިފައިވާއިރު ކޮންމެ ނަމާދެއްގެ ކުރިން 120 އިންޖީނިއަރުންގެ ޓީމަކުން އެ ސައުންޑް ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރޭތޯ ޔަގީން ކުރެ އެވެ.
ހަމައެއާއެކު ސައުންޑް ސިސްޓަމްގައި މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ވެސް ބެކަޕް މައިކްރޮފޯން ސިސްޓަމެއް އެކްޓިވޭޓް ވާ ގޮތަށް ވެސް ހަރަމްފުޅުގައި ހަމަޖެހިފައި ހުރެ އެވެ.
މީގެ އިތުރުން ހަރަމްފުޅުގައި 118،000 ބޮތްކާއި ބައްތި ހަރުކުރެވިފައިވާއިރު މި ބޮކިތަކުން ރޭގަނޑުގެ ވަގުތުތަކުގައި މިސްކިތް އެއްކޮށް ދިއްލާލަ އެވެ.
ހަރަމްފުޅަށް މި ރޯދަ މަހު ވެސް އެތައް މިލިއަން މީހުންނެއް ޒިއާރަތް ކުރިއިރު އެމީހުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށްޓަކައި މިސްކިތުގައި ގިނަ ކަންކަން ހަމަޖެހިފައިވެ އެވެ.
ބޭނުންވީމާ އިނދެފަ ބޭނުންވީމާ ވަރި: ޕިރާޑް ހައިރާންވި ދިވެހި އާދަ
އެއް މެޗަށްފަހު ޓިއުނީޝިއާ އިން ކޯޗު ވަކިކޮށްފި
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!