ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް” އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ ބ. ކުޑަރިކިލު, ހުޅެވި، އަލީ ނާޖިހު އަހްމަދު، 29، އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަަށް ބަންދުގެ މުއްދަތު ޖެހި އެވެ. އަދި ދެވަނަ ފަހަރަށް މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ވަނީ ޖަހާފަ އެވެ.
މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ފުލުހުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެއް ކަމަށެވެ.
"މުއިއްޒަށް ވެރިކަން ދިނީ ގައުމަށް ހިތުހުރިގޮތެއް ހަދާކަށް ނޫން"
އެހެންމީހަކަށް ކުރިމަތިނުލެވޭގޮތް ހެދުމުން ޕީއެންސީއަށް ގޮނޑިއެއް
ރައްކާތެރިކަމުގެ އަމުރާ ހިލާފުވި މިންވަރު އަންނަނީ އިތުރުވަމުން
