ވެރިކަންކުރާ ޕީއެންސީއަށް ތާއީދު ނުކުރުމުން ގދ. ތިނަދޫގައި މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފަކު ހދ. ކުޅުދުއްފުށީ ވެމްކޯ އޮފީހަށް ބަދަލުކޮށްފި އެވެ.
ތިނަދޫ ވެމްކޯގެ ސީނިއާ އޮޕަރޭޝަންސް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު ނާއިފްގެ ވަޒީފާ ކުޅުފުއްފުއްޓަށް ބަދަލުކުރިކަން އޭނާއަށް އެންގީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ސޮއިކުރައްވައި ފޮނުވި ލިޔުމަކުންނެވެ.
އެ ލިޔުމުގައިވާގޮތުން އޭނާގެ ވަޒީފާ ބަދަލުކުރީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ.
ދާދިފަހުން ވަނީ ގދ. ފިޔޯރީގައި މަސައްކަތް ކުރާ އެމްޓީސީސީ މުވައްޒަފަކު ހއ. އިހަވަންދުއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ މުވައްޒަފު ވަނީ އިހަވަންދުއަށް ދިޔުމަށް ދެކޮޅު ހަދާފަ އެވެ. އޭނާއަށް އެ ފިޔަވަޅު އެޅީ ޕީއެންސީގެ ޓިކެޓްގައި އެ ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުބާހު މުހައްމަދަށް ތާއީދު ނުކޮށްގެންނެވެ.
ބަންގްލަދޭޝްގެ އިންތިހާބު ހާލިދާގެ ޕާޓީން ކާމިޔާބުކޮށްފި
ސަރުކާރަށް މެޖޯރިޓީ ދީފި ނަމަ ކައުންސިލްތައް އުވާލާނެ: ޣަފޫރު
"ގަދަބާރު ދައްކައިގެން ޕީއެންސީއަށް ތާއީދު އިތުރެއް ނުވާނެ"
