ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކ.ހުރާ ގައި އަލަށް ހިއްކާފައިވާ ސަރަހައްދުން 17 ބިން ގެސްޓްހައުސް ވިޔަފާރިއަށް ކުއްޔަށް ދޭން އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި 17 ބިން ކުއްޔަށް ދޭން ނިންމާފައި ވަނީ 17 އަހަރަށް ކަމަށެވެ. އެ އިއުލާނުގައިވާގޮތުން ބިޑް ފޯމެއްގެ އަގަކީ 25,000.00ރ. އެވެ.
ބިޑް ގަތުމަށް އެދޭ ފޯމްތައް ބަލައިގަތުމާއި ބިޑް ފޯމްތައް ދޫކުރުން ފެބްރުއަރީ 12 ވަނަ ދުވަހުގެ 12:30 ނިޔަލަށް އެ ކައުންސިލްގެ ރިސެޕްޝަނާއި އަދި މެއިލްގެ ޒަރިއްޔާއިން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
މި ބީލަމާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ފެބްރުއަރީ 15 އާދިއްތަ ދުވަހުގެ 12:15 ގައި، އެރަށު ކައުންސިލްގެ އިދާރާގެ ހުރަވީ މާލަމުގައެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 26 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި ވެއެވެ.
އިތުރު މައުލޫމާތު ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައި ވެއެވެ.
އެކްސްކަވޭޓަރު އޮޕަރޭޓްކުރީ ބަލަންވާވަރަށް ނުބަލައި: ފުލުހުން
100ރ. ގެ ނޫޓުގެ އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި
ހަކުރު ބަލީގެ ތަޖުރިބާ އަންހެނުންނާއި ފިރިހެނުންނަށް ތަފާތު!