ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމު "ދަ ކެރަލާ ސްޓޯރީ"ގެ ދެވަނަ ބައިގެ ޓްރެއިލާއާއެކު އެ ފިލްމުގެ ފުރަތަމަ ފެނިލުން އާއްމު ކޮށްފި އެވެ.
އާ މޫނުތަކަކާއެކު އެ ފިލްމު ތައާރަފް ކޮށްފައިވާއިރު ފިލްމުގެ ވާހަކަ ވެސް ފުރަތަމަ ފިލްމާ ތަފާތުވާނެ ކަމަށް ލަފާ ކުރެވޭ އެތައް ކަމެއް ޓްރެއިލާއިން ފެނެ އެވެ.
މިދިޔަ ހުކުރު ދުވަހު އާއްމުކުރި އެ ޓްރެއިލާއާއެކު ޕްރޮޑިއުސަރުން ބުނެފައިވަނީ އިންޑިއާގެ އަންހެން ކުދިން ވެއްޓެނީ މަޅިތަކަކަށް ކަމަށާއި މިއީ އެކަމާ ދެކޮޅަށް ތެދުވަންވީ ވަގުތު ކަމަށެވެ.
"ދަ ކެރެލާ ސްޓޯރީ 2"އިން ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި އުލްކާ ގުޕްތާ، އައިޝްވާރްޔާ އޯޖާ އަދި އަދިތީ ބަޓިއާ ހިމެނެ އެވެ.
މި ފިލްމުން ދައްކުވައިދޭނީ ދިރިއުޅުމުގައި އެތައް ކަމެއް ހާސިލްކުރަން ބޭނުންވި އަންހެން ކުދިންތަކެއް ހައްދު ފަހަނައަޅާފައިވާ ބައެއްގެ އަތްދަށުވެ ހިނގާ ކަންތައްތަކެކެވެ.
2023 ވަނަ އަހަރު ރިލީޒް ކުރެވުނު އެ ފިލްމުގެ ފުރަތަމަ ބަޔަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވެ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
އީސީގައި ރަޖިސްޓްރީކޮށްފައިވާ ގަވާއިދުގައި ވަނީ ސިއްރު ވޯޓެއް!