އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާއަށް ހުޅުވާލުމުން 700 ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ރަޖިސްޓަރީ އާންމުކޮށް، ޝަކުވާއަށް ހުޅުވާލީ ޖަނަވަރީ ހަތަރު ވަނަ ދުވަހު އެވެ. އެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ސުންގަޑި ހަމަވިއިރު 779 ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މައިގަނޑު ޝަކުވާތަކަކީ ނިޔާވެފައިވާތީ، ރަޖިސްޓަރީއިން ނަން އުނިކުރުމަށާއި އެޑްރެސް ބަދަލުވެފައިވުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ފޯނު ސިގްނަލް ނުލިބޭ އިޓަލީގެ ސިއްރު ހުވަފެނީ މަންޒިލެއް!