ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގއ. އަތޮޅާއި މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ގއ. އަތޮޅުގައި ކުރިއަށް ގެންދާ އެ އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.
ގއ. އަތޮޅުގައި މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދެކުނުގައި މަސައްކަތް ކުރާ ފުލުހުންގެ ހާއްސަ ޓީމުތަކާއި ފުލުހުންގެ އިންޓެލިޖެންސާއި ޑީއީޑީ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގެ ބައެއް މާލޭގައި ވެސް ހިންގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.
ދިރާގު ލިމިޓެއް ނެތް ފައިބާގެ ހާއްސަ ޕްރޮމޯޝަނެއް!
މާބަނޑު ދުވަސްވަރު މަސް ކާނަމަ ދަރިންގެ ވިސްނުން ތޫނުވޭ!
ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީއެއް ނުހަދަން: ބްރޭޑްލީ
