ބޮލީވުޑްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މުނިފޫހިފިލުވުމުގެ ދާއިރާ ކަމަށް ވާއިރު ދުނިޔޭގެ އެހެން ކަންކޮޅުތަކުގެ ފަންނާނުން ވެސް އެ ދާއިރާގެ ކަންކަން ބަލައި ހަދަ އެވެ.
އެގޮތުން ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސޯފީ ޓާނާ މިވަނީ ބޮލީވުޑްއާ ބެހޭގޮތުން ވާހަކަ ދައްކައި އޭނާއަށް އެންމެ ކަމުދާ ތަރިން ވެސް ބުނެދީފަ އެވެ.
ފަސްޓް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ސޯފީ ބުނީ އޭނާ ބޮލީވުޑްގެ ފިލްމުތައް ބަލާ ކަމަށާއި ޝާހްރުކް ޚާންއާއި ދީޕިކާއަކީ އޭނާގެ "ފޭވަރިޓް" އެކްޓަރުން ކަމަށެވެ.
"ޝާހްރުކް ޚާން އެއީ "ގޯޓް". އެފަދަ ދެވަނައެއް ނެތްް. އެކަމަކު އަހަންނަށް ދީޕިކާ ވަރަށް ކަމުދޭ" އެ އިންޓަވިއުގެ ތެރެއިން ސޯފީ ބުނެފައިވެ އެވެ.
ސޯފީ އިތުރަށް ބުނީ މިފަހުން ނެރުނު ކާމިޔާބު ތެލުގޫ ފިލްމު "އާރްއާރްއާރް" ވެސް ބެލި ކަމަށާއި އެ ފިލްމު އޭނާއަށް ވަރަށް ރީތިވި ކަމަށެވެ.
އެއާއެކު ބޮލީވުޑްގެ ފިލްމެއްގައި ބައިވެރިވާން ބޭނުންވާ ކަމަށް ވެސް ސޯފީ ބުންޏެވެ. އޭނާ ބުނެފައިވަނީ ބޮލީވުޑްގައި ހިމެނޭ ނަށާ ލަވަތަކުން ލަވައެއް ކުޅެލަން ބޭނުންވާ ކަމަށެވެ.
ސޯފީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޕްރައިމް ވީޑިއޯގެ ހެއިސްޓް ސީރީޒް "ސްޓީލް" އިންނެވެ.
ކައުންސިލް އިންތިޚާބުގައި 621 ވޯޓު ފޮށި
ކެޓްރީނާއާއި ވިކީގެ ދަރިފުޅުގެ ނަމަކީ ވިހާން!
މިއޮތީ ބަރުދަން ލުއިކުރާ ބޭސްތަކުގެ އަނދިރި ފަރާތް!