މި ދުވަސްވަރު ސޯޝަލް މީޑިއާ ފުރާލާފައި އޮތީ މީލާދީ އާ އަހަރުގެ ވާހަކަތަކުންނެވެ. އާ އަހަރަށް ޗުއްޓީއަށް ދިޔަ މީސްމީހުންގެ ފޮޓޯތަކާއި އެކި ރޭވުންތައް ރޭވި މީހުންގެ ފޮޓޯތަކުންނެވެ. އާ އަހަރުގެ ތަހުނިޔާތަކާއި ހެޔޮ އެދުންތަކުންނެވެ.
މީލާދީ އާ އަހަރަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ފޯރިނަގާ ކަމަކަށް މިއަދު ވަނީ ވެފަ އެވެ. އާ އަހަރާ ދިމާކޮށް އެތައް ބަޔަކު އެކި ކަންކަން ރާވާ ކުރިއަށް ގެންދެ އެވެ.
ކޮންމެއަކަސް އާ އަހަރު ފާހަގަކޮށް ނިމިއްޖެ އެވެ. އާ އަހަރުގެ މަޖަލާއި ފޯރި ވެސް މަޑުވެ ހިނދިއްޖެ އެވެ. ސުވާލަކީ އެހާ ކުލަގަދަކޮށް އެކަން ފާހަަގަ ކުރުމުން ބަދަލުވީ ކޮން ކަމެއްތޯ ކުރެވޭ ސުވާލެވެ.
އާ އަހަރުގެ އުފަލުގައި ރައްޓެހިންނާއެކު ދަންވަންދެން މަޖާނެގި މީހުންވެސް ޖެހިގެން އައި ދުވަހު ދާން ޖެހުނީ ވަޒީފާ އަށެވެ. އެނބުރި ދާން ޖެހުނީ އެއްކަލަ "ކަޓު" ދިރިއުޅުމަށެވެ.
އެހާމެ ވަރުން އާ އަހަރަށް ކަނޑައެޅި އަޒުމްތައް މަތިން ހަނދާން ނެތޭކަށް މާ ގިނަ ދުވަހެއް ނުވާނެ އެވެ. އެހާ އަވަހަށް އެކަންތައް ފަސްދީ އާއްމު ދިރިއުޅުން ފަށާނެ އެވެ.
މިއީ ދިވެހިންނެވެ. މީގެ އަހަރެއްހާ ދުވަސް ފަހުން ހަމަ މި ސަގާފަތް ތަކުރާރުވާނެ އެވެ. އަހަރަކަށްފަހު އަހަރެއް ފާއިތުވަމުން ދިޔަސް ދިވެހިންނެއް ބަދަލެއް ނުވާނެ އެވެ.
ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ތިން މީހަކު ހައްޔަރު
ސަފާރީއެއްގައި ބަނގުރާ ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި