މެލޭޝިއާ ފުލުހުން ހިންގި ސިއްރު އޮޕަރޭޝަންތަކެއްގައި 375 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މެލޭޝިއާ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ކޮކެއިން، ކެޓަމީން އަދި އެހެނިހެން ބާވަތްތަކުގެ ޑްރަގް ހިމެނެ އެވެ.
މެލޭޝިއާ ފުލުހުން ބުނާގޮތުގައި މިއީ އެ ގައުމުގައި މިހާތަނަށް މި ބާވަތުގެ ތަކެތި އެންމެ ގިނައިން އަތުލައިގަނެވުނު ފުރަތަމަ ފަހަރެވެ.
މެލޭޝިއާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކުއާލަ ލަމްޕޫރުގެ އެކި ހިސާބުތަކުގައި ހިންގި ސިއްރު ހަތަރު އޮޕަރޭޝަނެއްގައި ހަތަރު ޓަނުގެ ކޮކެއިން އާއި 14 ޓަނުގެ ކެޓަމީން އަދި ސިންތެޓިކް ޑްރަގެއް ކަމަށްވާ އެމްޑީއެމްއޭ އާއި މަސްތުވާތަކެތި އުފައްދަން ބޭނުންކުރާ ސާމާނު އަތުލައިގެންފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނުގައި މެލޭޝިއާގެ ތިން ފިރިހެނަކާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުންޏެވެ.
މި މީހުންގެ މަސައްކަތުގައި ބޭނުންކުރި ކާރާއި ފޯކްލިފްޓާއި ޓްރަކް ފަދަ ތަކެތި ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ނާކޮޓިކްސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ ހުސައިން އުމަރު ޚާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއީ މިހާތަނަށް މެލޭޝިއާއިން އެންމެ ގިނައިން ޑްރަގް އަތުލައިގަތް އެއް ފަހަރަށް ވާނެކަމާ މެދު ސުވާލެއް ނެތް ކަމަށެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން މެލޭޝިއާގެ މީހަކު ދިޔައީ ތަކެތި ބަލަހައްޓައި ވިޔަފާރި ހިންގުމުގެ އިތުރުން ކެމިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. މެލޭޝިއާގެ އަނެއް ދެ މީހުންނަކީ އޭނާގެ ދަށުން މަސައްކަތްކުރި މީހުން ކަމަށާއި އެ މީހުން ވަނީ މީހުން ދިރިއުޅޭ އިމާރާތްތައް ޑްރަގް ލެބްތަކަށް ހަދައި އެ ތަންތަނަކީ ޑްރަގް ރައްކާކުރާ ގުދަންތަކަކަށް ހަދާފައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިއީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށް ބެލެވޭ ކަމަށާއި މި މީހުން އެކި ގައުމުތަކަށް މި ތަކެތި ސަޕްލައިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
މެލޭޝިއާ އަކީ ހުސްވުމުގެ ބިރާ ކުރިމަތިވެފައިވާ ދިރޭތަކެތީގެ އިތުރުން މަސްތުވާތަކެތި ސްމަގުލްކުރުމުގައި ވެސް ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެކެވެ.
ވަންދުއަށް މަސްތުވާތަކެތި ގެންދިޔަ ފުލުހަކު ހައްޔަރުކޮށްފި
"ހާޓް އޮފް މޯލްޑިވްސް" މާފުށީ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި