ތ. ވަންދުއަށް މަސްތުވާތަކެތި ގެންދިޔަ ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިނގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ތ. ހިރިލަންދޫ، ދިލާސާގެ، މުޙައްމަދު ނަވާޒު ކަމަށެވެ. އޭނާގެ އުމުރަކީ 25 އަހަރެވެ.
އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫގެ ބަނދަރު މަތިންނެވެ.
ނަވާޒު ހައްޔަރުކުރުމަށް ފަހު އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ވަޒީފާއިން ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"ބާބީ" ސީކުއަލްގެ މަސައްކަތް ހުއްޓުމަކަށް އައިސްފި
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
