ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި "އެމްއެންޔޫ އިނޮވޭޓްހަބް ޕަވާޑް ބައި ދިރާގު" ތައާރަފު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.
މި ސްޓްރެޓީޖިކް ޕާޓްނާޝިޕް ގާއިމްކޮށްފައި ވަނީ ގައުމީ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މިއީ، ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގައުމީ ޔުނިވާސިޓީ އާއި ދިރާގުގެ ޕާޓްނާޝިޕްގެ ދަށުން މި ހާއްސަ ޔުނިވާސިޓީ އިންކިއުބޭޓާ ޕްރޮގްރާމް "އެމްއެންޔޫ އިނޮވޭޓްހަބް ޕަވާޑް ބައި ދިރާގު" ގެ ނަމުގައި ވަނީ އިފްތިތާހުކޮށްފަ އެވެ. މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ ތެރޭގައި މެންޓާޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެ އެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށެވެ. މީގެތެރޭގައި ހިޔާލު އުފެއްދުން، މެންޓަޝިޕް، ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން އަދި ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނެ އެވެ. މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕާޓްނާޝިފަކީ ދިރާގުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. ދިރާގުގެ އަމާޒަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީއަށް އެހީތެރިވެދިނުމެވެ.
މި އިސްނެގުމުގެ ދަށުން ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ އީޖާދީ މާހައުލު އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުތައް ފަހިވެގެންދާނެއެވެ.
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
އިމްރާން ޚާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް
