އެޗްޑީސީއަށް ދުވަހަކު ވެސް ކުލި ނުދައްކާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ހިޔާ ފްލެޓްތަކުން ކުލި ނުދައްކައިގެން އަރާފައިވާ ހުރިހާ ޖޫރިމަނާތައް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން މާފުކޮށްދީފި އެވެ.
އެޗްޑީސީން ބުނީ، ޖޫރިމަނާ މާފުކޮށްދިނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފަ އެވެ. ކުލި ނުދައްކާ އެޕާޓުމަންޓުތަކުގެ ވެރިންނަށް އެޗްޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައިވާ ގޮތުން މި ފަހަރު މާފުކޮށްދިނީ ޖެނުއަރީ 1، 2024 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަސް ނުވަތަ މިދިޔަ މަހުގެ ނިިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.
މި ފަހަރު މާފުކޮށްދިން ޖޫރިމަނާގެ ޖުމްލަ އަދަދު 1.2 މިލިއަނެއްހާ ރުފިޔާ އަރާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ ކުލި ނުދެކުމަށް އެހެން މީހުންނަށް ދެވޭ ހިއްވަރެކެވެ.
އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާގެ 7،000 ފްލެޓުން ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ކުއްޔެވެ.
ދެން އޮސްކާ އެވޯޑްސް ޔޫޓިއުބުން ބަލާލެވޭނެ!
މަގާމްތަކުގައި ތިބި ރިޓަޔާޑް ބޭފުޅުންނަށް އިނާޔަތް ދެން ނުދޭނެ
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި
