ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީން އެކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން ފޯމު ހުށަހެޅީ އެންމެ ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅާގެ ވާހަކަ ނޫސްތަކުގައި ވެސް ލިޔެފައިވާ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މާލޭގެ މޭޔަރު ކަމަށް މޫސާ އަލީ ޖަލީލް ވާދަކުރައްވާކަން ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި އަޑުފެތުރިފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު، ޗީފް އޮފް ޑިފެންސް ފޯސް ކަމުގައި ހުންނެވީ ވެސް މޫސާ އަލީ ޖަލީލެވެ. އޭނާ ޑިފެންސް މިނިސްޓަރުކަން އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމެވެ.
ދިރާގު ނެޓްޕްރޮޓެކްޓުން ސްކޭމްތަކުން ރައްކާތެރިކޮށްދޭ
"ހެޔޮނުވާނެ ﷲއަށްޓަކައި ވެސް އަޅުގަނޑަށް ބޯހިޔާވަހިކަމެއް ދެއްވާ"
އޮސްކާއަށް އިންޑިއާއިން ހުށައެޅީ "ހޯމްބައުންޑް"!
