އެމްޑީޕީ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ޑައުންޕޭމަންޓާއި ކުއްޔާ ގުޅޭ ގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް، ގެނެވޭން އޮތް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ ފްލެޓްތަކުގެ ޑައުން ޕޭމަންޓް ނަގަން ނިންމީ ވެސް ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. އަދި ފްލެޓްގެ ކުލި ބޮޑުކުރީ ވެސް މި ސަރުކާރުންނެވެ.
ގަލޮޅު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުކުރައްވައި ވެސް ގިނަ ބަޔަކު ބަނީ ފްލެޓްގެ އަގު ބޮޑުކުރުމާއި ޑައުންޕޭމަންޓް ނަގަން ނިންމުމުން ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ބައެއް މީހުން ބުނީ ފްލެޓުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގާބިލުކަން ނެތް ކަމަށެވެ. އަދި ސަރުކާރުން މިހާރު ކުއްޔަށް ދީފައިވާ އެހެން ފްލެޓުތަކާ އަޅާބަލާއިރު އެފްޑީސީގެ ފްލެޓުތަކުގެ ކުލި މާ ބޮޑުކަމަށް ބައެއް މީހުން ބުންޏެވެ.
އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ގެނެވެން ހުރި ޕޮޒިޓިވް ބަދަލުތައް ގެނައުމަށް ކަމަށެވެ. އެގޮތުން 4000 ފްލެޓުގެ ޑައުންޕޭމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ 25،000 ރުފިޔާ އާއި މަހުން މަހަށް ދައްކަން ޖެހޭ ކުއްޔަށް ލުއި ގޮތްތަކެއް ހަމަޖެއްސޭތޯ ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަންކަން ބެލުމަށްފަހު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވޭނެ އެންމެ ރަނގަޅު ހައްލު ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފޮޓޯތަކުން އަސްލު ތަރިން ފާހަގަ ކުރަން އެނގޭތަ؟
ޓީޓީ ޝިފާއުގެ މައްޗަށް 23 ދައުވާ ސާބިތުވެއްޖެ
މަސްތުވާތަކެތީގެ ބާވަތެއް ނިއުކުލިއާ ހަތިޔާރުގެ ކެޓެގަރީއަށް
