ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ، ސޮއިކޮށްފި އެވެ.
މި ޕާޓްނާޝިޕް އިއުލާންކޮށްފައިވަނީ މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ދިރާގު އެލީޓް ކްލަބްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް، ބާސެލޯ ނަސަންދުރާގެ ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެ އެވެ. އަދި، މި ޕަރޓްނަރޝިޕްއަކީ ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް ލިބޭ ހާއްސަ އޮފާތައް އިތުރަށް ފުރިހަމަވެގެންދާނެ ޕާޓްނާޝިޕެކެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ ގުޅުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
"މި ޕާޓްނާޝިޕްގެ ސަބަބުން، ދިރާގުގެ ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް އަގުހުރި ފައިދާތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ހިތްގައިމް ތަޖުރިބާތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެ."
މީގެ އިތުރުން، ބާސެލޯ ނަސަންދުރާގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އެންރިކް ރެއިނާ ވިދާޅުވީ ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޕާޓްނާޝިޕްގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ހާއްސަ އޮފަރތަކާއިއެކު ބާސެލޯގެ ހިތްގައިމް ރެސްޓޯރަންޓްތަކުގެ ރަހަތަކާއި ބައިނަލްއަގްވާމީ ފެންވަރުގެ މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ދިރާގުގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް."
މާލޭގައި ހުންނަ ހަމައެކަނި ފަސް ތަރީގެ ހޮޓެލްކަމުގައިވާ ބާސެލޯ ނަސަންދުރާގައި ތަފާތު ތިން ރެސްޓޯރަންޓަކުން ދަނީ ހިދުމަތް ދެމުންނެވެ. މި ރެސްޓޯރަންޓްތަކަށް ބަލައިލާއިރު އޮއިވަރު ރެސްޓޯރެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަށް ތީމްޑް ބުފޭ ނައިޓްތައް މެދުވެރިކޮށް ލިބިގެންދާ ރެސްޓޯރެންޓެކެވެ. އަދި، ބީހެވެން ރެސްޓޯރެންޓަކީ އެ ހޮޓެލްގެ ރޫފްޓޮޕްގެ ހިތްގައިމު މާހައުލުގައި ބިނާކޮށްފައިވާ ރެސްޓޯރަންޓަކަށް ވާއިރު، އަލިމަސް ކެފޭއިން ޕްރިމިއަމް ކޮފީއާއި އެކި ވައްތަރުގެ ރަހަމީރު ކާތަކެތި ލިބެންހުރެ އެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.
އޮފީހުގެ ދުވަސް ފަށާއިރު މި ކަންކަމަށް ސަމާލުވޭ!
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން އިސްލާހެއް
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!
