އާއްމުކޮށް ބަނޑު ހަރުވެ ބޮޑުކަމުދާން އުނދަގޫވުމާ ސިކުނޑީގެ ވިސްނުމުގެ ބާރު ދަށްވުމާ ގުޅުމެއް ވާ ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ހޯދައިފި އެވެ.
އެގޮތުން ބޮޑުކަމުދެވުމުގައި ތިން ދުވަސް ނުވަތަ އެއަށްވުރެ ގިނައިން ހޭދަވާނަމަ އުމުރަށްވުރެ އަވަހަށް ވިސްނުމުގެ ބާރު ދަށްވުމުގެ ފުރުސަތު 73 ޕަސެންޓަށް އިތުރުވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާގައި އިސްކޮށް އުޅުނު އޮފިޝަލަކު ވިދާޅުވީ މިއީ މިފަދަ ހޯދުމެއް ހޯދުނު ފުރަތަމަ ފަހަރު ކަމަށާއި މީގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދޮރުތައް ހުޅުވޭނެ ކަމަށެވެ.
ދުނިޔޭގެ އާބާދީގެ 16 ޕަސެންޓް މީހުންނަކީ އާއްމުކޮށް ބަނޑުހިކުމުގެ މައްސަލައާ ކުރިމަތިވާ މީހުން ކަމަށާއި އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ވަކިން އިތުރު ކަމަށް ދިރާސާގައި އެނގިފައިވެ އެވެ.
ދިރާސާއިން އެނގިފައިވާ ގޮތުގައި އާއްމުކޮށް ބަނޑު ހިކުމުގެ މައްސަލަ ކުރިމަތިވާ މީހުންގެ މެދުގައި އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ސިކުނޑީގެ ބަލިތައް އިތުރެވެ.
ބަނޑު ހަރުވުމުން ސިކުނޑީގެ މަސައްކަތަށް ބަދަލު އަންނަ ސަބަބު ހޯދުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
އީސީގައި ރަޖިސްޓްރީކޮށްފައިވާ ގަވާއިދުގައި ވަނީ ސިއްރު ވޯޓެއް!
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ