ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހަދާ ސޓީ ކަމަށްވާ ރަސްމާލޭގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ރަސްމާލޭގައި ދަތުރުފަތުރުގެ ފުރިހަމަ މާސްޓާޕްލޭނެެއް އެކުލަވާލުމުގެ މަގުސަދަކީ ރަސްމާލެ އާއި މާލެއާ ދެމެދު އަދި ރަސްމާލޭގެ އެތެރޭގައި ވެސް ރައްކާތެރި ދެމެެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށެވެ.
އެކަމަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކުރާކަމުގެ ލިޔުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.
ޝައުގުވެރިކަންފާޅުކުރާއިރު، އެ ކުންފުންޏަކުން ކުރިން ކޮށްފައިވާ އެފަދަ މަސައްކަތްތަކުގެ ތަފްސީލާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ކޮންސަލްޓެންސީ ދިނުމުގެ ޓާމްސް އޮފް ރިފަރެންސް މިއަދުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފުށިދިއްގަރުފަޅު ހިއްކުން އަވަސްކުރަން ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ގެނެސްފަ އެވެ. ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ މާޗް މަހުގެ ނިޔަލަށް ބިން ހިއްކުން ނިންމާލެވޭނެ ކަމަށެވެ.
އަންހެނުންނަށް ހާޓްއެޓޭކްގެ އަލާމާތްތައް ތަފާތު ވޭތަ؟
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!
"އެނިމަލް"ގެ މަންޒަރުތަކެއް ސައިފްގެ ގޭގައި!
