ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ބައުޒަރަކުން ޖެހި ފްލައިދުބާއީގެ ބޯޓެއް ގްރަންޑުވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ތެޔޮ އަޅަން މަތިންދާބޯޓު އޭޕްރަންގައި ޕާކުކޮށްފައި އޮއްވަ އެވެ. އެ ހާދިސާގެ ސަބަބުން ބޯޓުގެ ފިޔަތަކުގެ ސްޓްރަކްޗާއަށް ގެއްލުންވި އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އިތުރު ގެއްލުމެއް ނުވޭ. އެއްވެސް މީހަކަށް ވެސް އަނިޔާއެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓާ ގުޅިގެން މަރާމާތުތައް ނިންމައި ރެގިއުލޭޓަރީ ސްޓޭންޑަޑްތަކުގެ ދަށުން ސެޓްފިކެޓް ލިބެންދެން ބޯޓު އޮންނާނީ ގްރައުންޑްކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ ހާދިސާތައް ހިނގާތީ އެއާޕޯޓްގެ އޮޕަރޭޝަނަލް ޕްރޮސީޖާތައް މިހާރަށްވުރެ ހަރުދަނާ ކުރަން މި ދާއިރާގެ އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
ދަރިން ބޮޑުވަމުން އަންނަ ވަރަކަށް ނިދި ބޭނުންވާ މިންވަރު ތަފާތުވޭ
ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
