ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ފާއިޒް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ނިންމީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.
ޖޭއެސްސީ އިން ބުނީ ފާއިޒު މަގާމުން ވަކިކުރުމަށް ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެންދިޔަ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވުމުން ކަމަށެވެ.
އޭނާ ދޫކޮށްލީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، އެވެ. ބަންދުން ދޫކޮށްލުމުން އަންވަރު ވަނީ ސްރީލަންކާއަށް ފިލަން ގޮސްފަ އެވެ. އޭނާ ހައްޔަރުކުރީ އެ ގައުމުން ޑީޕޯޓްކޮށްލުމުންނެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ވެސް އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
