ދިރާސީ އާ އަހަރު ސްކޫލް ހުޅުވެންވާއިރަށް ގެދޮރުވެރިޔާގެ ހުރިހާ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންކޮޅި ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ ފްލެޓަށް ވަދެވޭނެ ދުވަހެއް ނޭނގޭތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ސްކޫލް ހުޅުވެންވާއިރަށް ފްލެޓަށް ދިރިއުޅުން ބަދަލުނުކުރެވޭނަމަ ސްކޫލަށް ކުދިން އުފުލުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ޑިސެމްބަރު މަހުގެ ނިޔަލަށް ގިނަ ފްލެޓްތަކުގެ ހުރިހާ މަސައްކަތްތައް ނިމޭނެ ކަމަށެވެ.
"ޑިސެމްބަރު ނިމެންވާއިރު، ގިނަ ފްލެޓްތައް ލިބިފައި ހުރި ފަރާތްތަކަށް، ނިންމާފައި ހަވާލު ކުރެވޭނެ ކަމަށް މިރޭވެސް އަޅުގަނޑަށް ޔަގީންކަން ދެއްވާފައި ވީ، ނުނިމޭ ތަންތަންވެސް ސްކޫލް ހުޅުވެންވާއިރަށް، އާ ދިރާސީ އަހަރަށް ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމަށް ޔަގީން ކަން ދެއްވާފައި ވަނީ،". ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި ވަނީ 4000 ފްލެޓެވެ.
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ސޯލިހު މަޝްވަރާކުރަނީ
ޓްރަމްޕް ޓްރަކްގައި ފިއްލެވުމުން އީރާނުން މަލާމާތް ކުރަނީ
