ޓޫރިޒަމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު މުހައްމަދު އަތީފް ބީއެމްއެލް އިން ނެގި ލޯނަކަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޮކްޓޫބަރު 8، 2023 ވަނަ ދުވަހު ބީއެމްއެލް އިން 210،200.55ރ. ގެ ލޯނެއް އަތީފަށް ވަނީ ދޫކޮށްފަ އެވެ.
އެ ފައިސާ ނުދައްކައިގެން ފުރަތަމަ ކުރި ހުކުމްގައި ވަނީ ލޯނު ދޫކުރުމަށްވި އެއްބަސްވުމާ އެއްގޮތަށް ލޯނަށް ފައިސާ ދައްކަމުންނުދާކަން ހުށަހެޅިފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން އަތީފަށް ދޫކުރި ލޯނުގެ ފައިސާ އާއި ޖޫރިމަނާގެ ފައިސާ އޮކްޓޯބަރު 29، 2024 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަސް ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
އޭގެފަހުން އެ ފައިސާ ނުދައްކައިގެން ކޯޓަށް މައްސަލަ ހުށަހެޅުމުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާވާ ފައިސާ އާއި އަރާފައިވާ ޖޫރިމަނާގެ ފައިސާ 32 މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ވަނީ ހުކުމްކޮށްފަ އެވެ.
އަތީފަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ.
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!
ފަޒުލްއަށް ދައުވާ ނުުކުރަން ޕީޖީން ނިންމުމުން އޭނާ ސަލާމަތްވެއްޖެ
