މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް، އަނިޔާކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު، ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސި 6:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން، އަހްމަދު އާހިލް މުނާޒުއެވެ. އެއީ 19 އަހަރުގެ ޒުވާނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދާދިފަހުން މާލޭގެ މަގުމަތީގައި އެހީއަށް އެދި އެދި ހުރި އަންހެނަކު ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާއަށް ޖިންސީ އަނިޔާކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އަންހެން މީހާއަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

އީދުގައި ސަލްމާންގެ ފިލްމެއް ނެތް، ސިނަމާތައް ފަޅުވެފައި!
ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
