އައްޑޫ ހިތަދުއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެނުގެ ހިދުމަތް ދިނުމުގައި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހިއްޖެ އެވެ.
ފެނަކައިން ބުނީ ފެނުގެ ޓްރާންސްފާ ލައިނަކަށް ދިމާވި މައްސަލައަކާ ހިތަދުއަށް ދޫކުރާ ފެނުގެ ހިދުމަތަށް ބުރޫއަރައި، ކަސްޓަމަރުންނަށް މިއަދު ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ފެނުގެ ޓްރާންސްފާ ލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން، ބައެއް ސަރަޙައްދުތަކުގައި މިވަގުތު ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް ވަގުތީ ދަތިތަކެއް ކުރިމަތިވެފައިވާތީވެ، މިއަދު ފެން ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވަމެވެ،" ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ ފެނުގެ ޓްރާންސްފާ ލައިނަށް ދިމާވި މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ މައްސަލައެއް ހިތަދޫގެ ގެތަކަށް ދިމާވެދާނެކަން ފެނަކައިން އިއްޔެ ވަނީ އަންގާފަ އެވެ.
އިއްޔެ 9:30 އިން ފެށިގެން އެ ރަށުގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކެނޑިފައިވެ އެވެ.
ފުވައްމުލަކު ގައި ވެސް ވަނީ ފެނުގެ މައްސަލަ ބޮޑުވެފަ އެވެ. އެގޮތުން ދެ ދުވަސް ވަންދެން ފެން ނުލިބި އެ ރަށުގެ ރައްޔިތުން އުޅެން ޖެހުނެވެ.
ބްރިޓްނީ މިފަހަރު ފެނުނީ ކިމްއާއި ކްލޯއީއާ އެކުގައި!
ޗެމްޕިއަންސް ލީގު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު!
