ފުވައްމުލަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެން ތަޣައްޔަރުވެފައިވާ މައްސަލައިގައި އެ ކުންފުނި ގޮވައިގެން ކޯޓަށް ދިޔުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދަނީ ފެނަކައިން އެ ސިޓީއަށް ދޫކުރާ ފެން ފޯރުކޮށްދިނުމުގައި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް އަމުރެއް ނެރެދިނުމަށް އެދި ކަމަށެވެ.
"ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުކޮށް ދެއްވުން އެދި ކައުންސިލުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ" ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ނުލިބޭތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ބައެއް ގެތަކުން ފެން ނަގައި ބެލިބެލުމުން ރައްކާތެރި ނޫންކަން ވަނީ އެނގިފަ އެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ފުވައްމުލަކަށް ދޫކޮށްފައިވާ ފެން ރައްކާތެރިވާނެ ކަމަށެވެ.
ރައްޔިތުންގެ ފަރާތުން އެފަދަ ޝަކުވާތައް ލިބެމުންދާތީ ރައްޔިތުން ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންކުރުމަށް ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ފެނަކައިން ފުވައްމުލަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާތީ ފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހި އެ ރަށުން ދެ ދުވަސް ވަދެން ފެން ކެނޑިފައި ހުއްޓެވެ.
ސޮނީއިން "ލަބޫބޫ" ފިލްމެއް ގެނެސްދެނީ!
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ
ގޭންގުތަކުގައި އުޅޭ ޒުވާނުން އިސްލާހުވެއްޖެ، މިހާރު ގޭންގެއް ނެތް
