އަންނަ އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވީ އަންނަ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސް ދަޅު ކޭހެއް ދިނުމަށް ނިންމައި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ރޯދަ މަހު އެވެ. އެ ފަހަރު ފުރަތަމަ މަސްދަޅު ބެހީ އައިޑީކާޑާއި ކަރަންޓް މީޓަރުގެ ނަންބަރު ހިފައިގެން ދިޔުމުންނެވެ. ނަމަވެސް މާލެ އާއި ހުޅުމާލޭގައި ބޮޑެތި ކިޔުތައް ހަދަން ފެށުމުން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެން މަސްދަޅު ދޫކުރާގޮތަށް ހަމަޖެއްސި އެވެ.
މިިދިޔަ ރޯދަ މަހު މަސްދަޅު ކޭސް ބެހުމަށް ދައުލަތުގެ ބަޖެޓުން 111.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
މާވެލްއިން އާ "ސްޕައިޑަމޭން"އެއް ހޯދާކަން ޔަގީން ކޮށްދީފި
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ
