ލ. ގަމު ފުލުހުންގެ ކަސްޓޯޑިއަލްގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.
ގަމުން ވާހަކަދެއްކި މީހަކު ބުނީ އެ މީހުން އެ ހަޅުތާލަ އިއްޔެ ފެށީ ފުލުހުންގެ ފަރާތުން އެދުނު ކަންކަން ހައްލުކޮށްނުދިނުމުން ކަމަށެވެ.
އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ރިމާންޑް ޖަލަކަށް ބަދަލުކުުން ކަމަށް އޭނާ ބުންޏެވެ.
ގަމު ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ވެސް ހިމެނެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ގަމު ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ތިބި ބަޔަކު، ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
އެ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!
ކުޑަކަމުދާ ތަކެތީގެ ކުލަ ސާފުކޮށް ހުރުމަކީ މޮޅު ކަމެއް ނޫން!
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
