ފުވައްމުލަކު ހޮސްޕިޓަލުގައި މީގެ ދުވަސްތަކެއް ކުރިން ބޭނުން ކުރަން ފެށި ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ކަމަށް ބުނެ ހަފުލާއެއް ބާއްވައި، ހިދުމަތް އިފުތިތާހު ކުރުމަށް ރިބަން ކަނޑުއްވައިފި އެވެ.
މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ސީޓީ ސްކޭނުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހު ހަވީރު އެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި ހޮސްޕިޓަލާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވި އެވެ.
ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ރިބަން ކެނޑުއްވީ މުއިއްޒު އެވެ. އެއަށްފަހު އެމަނިކުފާނާއި، އެކުގައި ވަޑައިގެންނެވި ސަރުކާރުގެ ވެރިން ވަނީ ސީޓީ ސްކޭން މެޝިން ހުންނަ ކޮޓަރި ބައްލަވާލައްވައިފަ އެވެ.
އަންގާރަ ދުވަހު ރަސްމީކޮށް ހިދުމަތް ފެށި ސީޓީ ސްކޭން މެޝިނުން 90 އަށްވުރެ ގިނަ ޕޭޝަންޓުން ހިދުމަތް ހޯދާފައިވާ ކަމަށް މިރޭ ވިދާޅުވީ ވެސް މުއިއްޒު އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނާއި އެކު މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
"ސީޓީގެ ހިދުމަތް ރަސްމީކޮށް މިއަދު ފެށުނީ. އެ ހިދުމަތް ފެށިގެން 90 ވަރަކަށް ޕޭޝަންޓުންނަށް ހިދުމަތް ދެވިފަ ވޭ،" މިރޭ މުއިއްޒު ވިދާޅުވި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި އާ ހިދުމަތްތައް ފެށި ނަމަވެސް، ވައުދުވި ގޮތަށް އެ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ. އެ މަޝްރޫއަކީ ސައުދީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މުއިއްޒު ވިދާޅުވީ ސައުދީ ފަންޑުގެ ޕްރޮކިއުމެންޓު ކަންކަން ނިމި، ކޮންޓްރެކްޓަރަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދީފި