އެމްޕީއެލްގެ މާލޭ ވިޔަފާރި ބަނދަރު ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، މަރުވި ގއ. ގެމަނަފުށީ، ދިލްބަހާރުގޭ އަހްމަދު އަފްލާހް އަބްދުﷲ ކޮޅުވެއްޓި އާއި ހައިމާކާ ދެމެދު ތާށިވިކަން އެނގިއްޖެ އެވެ.
މިކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން "ހުރިހާ" އަށް މިއަދު ކިޔައިދިންގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެއަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކެއްގެ ބެލެންސް ގެއްލިގެންނެވެ. އެ ވަގުތު ހައިމާކު އަރިއަޅާލައިގެން ކޮޅުވެއްޓި ބަންޑުން ޖަހާލީ އެވެ.
"ބަންޑުން ޖަހާލި ވަގުތު އަފްލާހު ވަނީ ކޮޅުވެއްޓި އާއި ހައިމާކާ ދެމެދު ތާށިވެފައި. ދެން ވިސްނާލައްވާ ލިބޭނެ އަނިޔާ،" އޭނާ ކިޔައިދިނެވެ.
ކޮޅުވެއްޓި އާއި ހައިމާކާ ދޭތެރޭ ތަށިވުމުގެ ސަބަބުން އަފްލާހުގެ ފޫޅުން ތިރި ވަނީ އެއްކޮށް ޗިސްވެފަ އެވެ.
އަފްލާހުގެ ފުރާނަ ސަލާމަތްކުރަން އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ސީރިއަސްކަމުން ހިތް ހުއްޓިގެން ރޭ ދަންނަވަރު ވަނީ މަރުވެފަ އެވެ.
އުމުރުން 25 އަހަރުގެ އަފްލާހުގެ އިތުރުން އެ ކޮޅުވެއްޓިން ދަތުރުކުރި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހޮސައިން ވެސް ވަނީ އިއްޔެ މަރުވެފަ އެވެ. އެ ދެ މީހުންނަކީ ވެސް އެމްޕީއެލްގެ ދެ މުވައްޒަފުންނެވެ.
އިއްޔެ ހަވީރު ހިނގި އެ ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާއްމު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަފްލާހުގެ ޖަނާޒާ ވަނީ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބާއްވާފަ އެވެ. އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް ގެމަނަފުށިން ވެސް އާއިލާގެ މީހުން އައެވެ.
ފުވައްމުލަކު ގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް
ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
ކޮޅުވެއްޓި ބަންޑުން ޖެހުނީ ދެ އެކްސްކަވޭޓަރު ގެ ބެލެންސް ގެއްލިގެންނޭ ބުނުމަކީ ބުއްދި ޤަބޫލު ކުރެވޭ ވާހަކައެއްނޫން. ކޮޅުވެއްޓި ބަންޑުން ޖެހުނީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިގެން.
ރިޕްލައި