މާލޭގެ ފުރުގާން މިސްކިތަށް ރޭ ބަޔަކު ގެއްލުންދީފިއެވެ.
މިސްކިތަށް ގެއްލުންދީފައިވާކަން އެނގުނީ ރޭ ފަތިސް ނަމާދަށް ދިޔައިރުއެވެ.
އެ މިސްކިތަށް ދިޔަ މީހަކު ކިޔައިދިންގޮތުގައި މިސްކިތުގެ އަންހެން ނަމާދުކުރާ ބައިގެ ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށެވެ.
އެތަނުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ޕޭމަންޓް ގަލެއް އެއްލާލައިގެންނެވެ. އެ މިސްކިތުގެ ތެރޭގައި އެ ޕޭމަންޓް ގާ ވެސް އޮތެވެ.
އެ ގާ އެއްލުމުގެ ސަބަބުން މިސްކިތުގެ ނަމާދުކުރާ ބައިގެ ބައެއް ތަށިމުށިތައް ވެސް ވަނީ ތަޅައިގެންގޮސްފަ އެވެ.
މީގެއިތުރުން ފުރުގާނު މިސްކިތުގެ ފާހާނާ ދޮރުތަކުގެ ތަޅުތައް ވެސް ވަނީ ހަލާކުކޮށްލާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް
ސްމާޓް ފޯނުން ކެންސަރަށް މަގުފަހި ވޭތަ؟
ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި
