ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ގިނަ އަދަދެއްގެ ޑޮލަރުތަކެއް ރޭ ފޭރިގެންފި އެވެ.
ފުލުހުން ބުނީ ފައިސާ ހުރި ސުއިޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރު އެވެ. ފޭރުނު ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އެއީ އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ވިއްކަން ގެންދިޔަ ޑޮލަރުތަކެކެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ޑޮލަރުތަކެއް ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ ފައިސާތައް ހިފައިގެން އާ ޓާމިނަލަށް ވަންނަން ދިޔައީ ބޭންކެއްގެ ދެ މުވައްޒަފެކެވެ. ބީއެމްއެލްގެ މުވައްޒަފުން ފައިސާ ހިފައިގެން ދަތުރުކުރަނީ ފުލުހުންގެ ހާއްސަ ޓީމަކާއެކު އެވެ. ނަމަވެސް ފައިސާ ފޭރުނުއިރު ފުލުހުުންނަށް އެމީހުން ނުހުއްޓުވުނީ ކީއްވެގެން ކަމެއް ނުބުނެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބަހެއް ނުބުނެ އެވެ.
އަހަރެއްހާ ދުވަހުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށޭނެ: އަމީން
ބަރުދަން ލުއިކުރަން ނުކައި ހުންނާކަށް ނުޖެހޭ!
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު މީޙަކު އައްޔަންކޮށްފި
